Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޞާލިޙަކީ އަގުހުރި މުތެއް, އެފަދަ ވެރިއެއް އަދި ނުދެކެން: ނަސީމް 

ރައީސް ޞާލިޙަކީ އަގުހުރި މުތެއް, އެފަދަ ވެރިއެއް އަދި ނުދެކެން: ނަސީމް 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންނަށް ލިބިފައި ހުރި އަގުހުރި މުތެއް ކަމަަށާއި އެފަދަ ވެރިއެއް އަދި ނުދެކޭ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވީ ބ. ތުޅާދޫ ހޮސްޕިޓަލުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ. ނަސީމް ވިދާޅުވީ ރައީސް ޞާލިޙް ފަދަ ވެރިއެއް އަދި ނުދެކޭ ކަމަށާއި، ދުވަހަކުވެސް އެމަނިކުފާނު އެއްވެސް މީހަކު ދެކެ ކޯފާވެގެން އެއްޗެއް ވިދާޅުވި މަންޒަރެއް ވެސް ފެނިފައިނުވާ ކަމަށެވެ.

އަދި ރައީސް ޞާލިޙަކީ "އަޅުގަނޑުމެންނަށް ލިބިފައި ހުރި ވަރަށް އަގުހުރި މުތެއް" ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާ އެކު ހުރިހާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ނަސީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ރައީސް ސާލިޙްގެ ސިޔާސަތާއި އެއްގޮތަށް، ކުދިރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ސިއްޙީ ދައިރާ ތަރައްޤީ ކުރަމުންދާ ކަމަށާއި ބ. ތުޅާދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމެޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ހުޅުވި ފަދަ 30 އެނދުގެ 13 ހޮސްޕިޓަލެއްގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް