Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީ އެބޭފުޅާގެ ޢާއިލާގެ 60 މެމްބަރުންނާއެކު އެމްޑީޕީއަށް ސޮއިކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީ އެބޭފުޅާގެ ޢާއިލާގެ 60 މެމްބަރުންނާއެކު އެމްޑީޕީއަށް ސޮއިކޮށްފި

އިމިގްރޭޝަންގެ ކޮންޓްރޯލަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ އެޑްވައިޒަރގެ މަޤާމު އަދާކުރެއްވި، މުހައްމަދު ހުސެއިން އަބުދުލް ޢަނީ (ހަނަފީ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.

މައުލޫމާތުލިބޭ ގޮތުގައި ހަނަފީ އާއެކު އެބޭފުޅާގެ ޢާއިލާގެ 60 މެމްބަރަކުވެސްވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ހަނަފީ އިމިގްރޭޝަނުގެ ކޮންޓްރޯލާރ ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އަދި ފާއިތުވި ޖޭޕީގެ ކޮންގްރެސްގެ އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވައި ހަނަފީއަށް އެ ކޮންގްރެސްއިން ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހުނެވެ.

Advertisement
Allied — Dhen Online (box)

އެއަށްފަހު ފާއިތުވި މާރޗުމަހު، ޖޭޕީގެ އެޑްވައިޒަރުކަމަށް ހަނަފީ ކުރެވުނުތާ 24 ގަޑިއިރުވެސް ނުވަނީސް އެ މަޤާމުން އިސްތިއުފާދެއްވަމުން ހަނަފީ ވިދާޅުވީ، ޖޭޕީގެ ވިސްނުން ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް