ޚަބަރު

ޗައިނާއިން ރަޝިއާއަށް އެހީތެރިވާ ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ޗައިނާއިން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ޔޫކްރެއިންގައި ބޭނުންކުރުމަށް އަސްކަރީ އަދި ޑުއަލް ޔޫސް ޓެކްނޮލޮޖީ މޮސްކޯއަށް ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފިއެވެ.

Ads by Hajj Corporation

ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި) ގެ އޮފީހުން ހެދި މި އެސެސްމަންޓަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ޕާމަނަންޓް ސެލެކްޓް ކޮމިޓީ އޮން އިންޓެލިޖެންސް އިން ޝާއިއުކޮށްފައިވާ އެސެސްމަންޓެކެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިންއަށް ދިން ހަމަލާއަށްފަހު ޗައިނާއިން ދަނީ ރަޝިޔާއަށް އަސްކަރީ ސާމާނު ފޮނުވުމަށް ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.

އޯޑީއެންއައިގެ ރިޕޯޓުގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކްސްޕޯޓް ކޮންޓްރޯލްތައް މަނާކޮށްފައިވީ ނަމަވެސް، މޮސްކޯގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ޑުއަލް ޔޫސް ޓެކްނޮލޮޖީއެއް ޕީއާރުސީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ކަސްޓަމްސްގެ ރެކޯޑުތަކުން ފެންނަ ގޮތުގައި ޕީއާރުސީގެ ސަރުކާރު ހިއްސާވާ ދިފާއީ ކުންފުނިތަކުން ނެވިގޭޝަން އިކުއިޕްމަންޓާއި ޖެމިން ޓެކްނޮލޮޖީ އަދި ފައިޓާ ޖެޓް ޕާޓްސް ތައް ރަޝިއާ ސަރުކާރުގެ ދިފާއީ ކުންފުނިތަކަށް ފޮނުވަ އެވެ،" ރިޕޯޓުގައި ވެ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!