Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް 

ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް 
މާލޭގައި މިހާރު ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހެކްތް ޕްރޮޓެކްޝަން އޭޖެންސީ, އެޗްޕީއޭއިން ހާމަކޮށްފިއެވެ. ކުއްލިއަކަށް ރެއިން ފެށިގެން މާލެ ސަރަޙައްސުގައި ފެތުރެން ފެށި ރޮގާ އާއި ގުޅޭގޮތުން އެޗްޕީއޭ އިން ވިދާޅުވީ، ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ގިނަ ބަޔަކު ބޭރަށް ހިނގުމާއި، ހޮޑުލުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަބްދުﷲ ނިޔާފް ވިދާޅުވީ މިހާރު ފެތުރެމުންދަނީ ވައިރަލް ރޯގާއެއް ކަމަށެވެ. އަދި މި ބަލި ޖެހިފައިވަނީ "ނޯރޯވައިރަސް" ނުވަތަ "ރޯޓާވައިރަސް" ފަދަ ވައިރަސްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ. އަދި މި ބަލި ފެތުރެން މެދުވެރިވަނީ ފެން، ކާ އެއްޗެހި، އަދި ތަޣައްޔަރުވެފައިވާ ސަރަހައްދެއްގެ ސަބަބުން ކަމަށްވެސް ނިޔާފް ވިދާޅުވިއެވެ. މި ބައްޔަށް ގޭގައި ދެވޭނެ ފަރުވާގެ ތެރޭގައި އޯރަލް ރީހައިޑްރޭޝަން ސޯލްޓްސް/ ސޮލިއުޝަން, ބަނޑުގައި ރިއްސުމަށް ބޭސް ޑޮމްޕެރިޑޯން، އޮންޑަންސެޓްރޯން ފަދަ ތަކެތި ބޭނުންކުރެވިދާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.

އަދި ހޮޑުލެވޭނަމަ ރައްކާތެރިކަމުގެ ގޮތުން ހަޑިވެފައި ހުރި ހިސާބު ވީ އެންމެ އަވަހަކަށް ސާފު ކުރުން, ސަރަހައްދުން މީހުން ދުރު ކުރުން, ސާފު ކުރާއިރު މާސްކާއި އަންގި އެޅުން, ހޮޑު ސާފު ކުރަން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތި ބޭނުން ކުރުން, ހޮޑުލެވުނު ތަނުގެ ކައިރީގައި ކާބޯތަކެތި ހުރި ނަމަ އެ ތަކެތި އުކާލުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް