95 އިންސައްތަ ހޯއްދަވައިގެން ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްކަން އިލްޔާސް ލަބީބް ކަށަވަރު ކުރައްވައިފި

މިއަދު ކުރިޔަށްދިޔަ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި, 95 އިންސައްތަ ވޯޓް ހޯއްދަވައިގެން, އެ ޕާޓީގެ ރިޔާސީ ޓިކެޓް, އިލްޔާސް ލަބީބް ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި 3,203 މީހުން ވޯޓް ލާފައިވާއިރު, އޭގެ ތެރެއިން 3,041 މީހުން ވަނީ ރިޔާސީ ކެނޑިޑޭޓަކަށް އިލްޔާސް ލަބީބް ފެންނަ ކަމަށް ވޯޓް ދީފައެވެ. ނުފެންނަ ކަމަށް 153 ވޯޓް ދީފައިވާއިރު, 9 މީހަކު ވަނީ ބާތިލް ވޯޓް ދީފައެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
ޑިމޮޮކްރެޓްސްގެ ދަފްތަރުގައި 4100 މީހުން ތިބިއިރު, މިއަދު އެ ޕާޓިއަށް ވަތް ފަރާތްތަކަށް ވެސް ވޯޓް ލުމުގެ ފުރުސަތު ދީފައިވެއެވެ. މިއަދު ޕާޓީއާ ގުޅިފައިވަނީ ކިތައް މީހުން ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.






ކޮމެންޓް