Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަންޑޭ ބަންދުން ދޫކޮށްލައިފި

މަންޑޭ ބަންދުން ދޫކޮށްލައިފި

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހައްޔަރު ކުރި ހަސަން މަމްދޫހު (މަންޑޭ) ބަންދުން ދޫކޮށްލައިފިއެވެ.

މަންޑޭ ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެފަހުން ޖެހި 10 ދުވަސް މިއަދަށް ހަމަވުމުން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުންނެވެ. މަންޑޭ ބަންދުން ދޫކޮށްލީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމަށާއި އަދި ރަށުން ބޭރަށްދާނަމަ ހުއްދަ ނެގުމަށް ޝަރުތުކުރުމަށްފަހުއެވެ.

މަންޑޭ ބަންދުން ދޫކޮށްލިއިރު އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތީ ބާތިލުކޮށްފަ އެވެ. ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން، 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހު އެވެ.

Advertisement
Ooredoo — Square (box)

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ގޮތެއް ނިންމުމާ ހިސާބުގަ އެވެ.

މަންޑޭގެ މައްސަލަ ފުލުހުން ބަލަން ފެށީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޖިން ޝިހޫގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ހަންބޯ ކުންފުނީގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ އަތުގައި އޮންނަނީ ފަސް ޕަސެންޓް ހިއްސާ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް