ޚަބަރު

ރޯގާ ޖެހިގެން އައިޖީއެމްއެޗަށް ދުވާލެއްގެ މައްޗަށް 500 އާ ގާތްކުރާ އަދަދަކަށް މީހުން ދައްކާ

ރައުފާ ރަޝީދު ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރޯގާ ޖެހިގެން އައިޖީއެމްއެޗަށް ދުވާލެއްގެ މައްޗަށް 500 އާ ގާތްކުރާ އަދަދަކަށް މީހުން ދައްކާ ކަމަށް އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލިއަކަށް މާލޭގައި ބަލި އިތުރުވީ ނޯރޯވައިރަސްގެ ސަބަބުންނެވެ. އެޗްޕީއޭއިން ވަނީ، ބަލީގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި, އަލާމާތްތައް ހުއްޓޭތާ 24 ގަޑިއިރު ނުވަނީސް ކައްކާ, ކާން ހަދައިދިނުން ފަދަ ކަންކަން ނުކުރުމާއި, ގިނަގިނައިން އަތްދޮވުން އަދި, ބަލި ޖެހިފައިވާ މީހާ ހޮޑުލާ, ނުވަތަ ބޭރަށް ހިންގާތަން ސާފުކޮށް, ޑިސްއިންފެކްޓް ކުރުމަށް އިލްތިމާސްކޮށްފައެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ހެޑް ޑރ އަޙުމަދު ފައިސަލް ވިދާޅުވީ މިއީ ފަސޭހައިން ގައިންގަޔަށް އަރާ އަވަހަށް ފެތުރޭ ވައިރަހެއް ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަމަކީ ތަނެއްގައި އަތްލައިފިނަމަ ނޭފަތާއި އަގަޔަށް އަތްނުލާ ވީއެންމެ އަވަހަށް އަތްދޮވުމެވެ. މި ބަލި ފެތުރެނީ ބޮޑުކަމުދާ ނަޖިހުންނާއި ހޮޑުގެ ޖަރާސީމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ ހޮޑުލާ ބޮޑުކަމުދާ މީހަކު ނުވަތަ ކުއްޖަކު އުޅޭނަމަ ވީހާވެސް ބޮޑަށް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެއްކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!