ވިލިނގިލި ރޭޕް ކޭސް; ތިން މީހަކު ހައްޔަރުކޮށްފި

ހުކުރު ދުވަހުގެ ރޭ, ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފިއެވެ.
ވިލިނގިލީގައި ރޭޕްކޮށްފައިވަނީ އުމުރުން 22 އަހަރުގެ ކޮލަމާފުށީ އަންހެނެކެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ރޭ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވިލިނގިލީ ދެމީހުންނާއި, ލާމު އަތޮޅަށް ނިސްބަތްވާ މީހެކެވެ.