Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙަކީ ދަމު ނަމާދު ވެސް ކުރައްވާ ބޭފުޅެއް, ދީނާ ދެކޮޅު އެއްޗެއް ނުބުނުއްވާނެ: ސިޔާމް

ރައީސް ޞާލިޙަކީ ދަމު ނަމާދު ވެސް ކުރައްވާ ބޭފުޅެއް, ދީނާ ދެކޮޅު އެއްޗެއް ނުބުނުއްވާނެ: ސިޔާމް

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިސްލާމް ދީނަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށާއި ދިވެހި ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ އެފަދަ ބޭފުޅެއް ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި ބޭއްވި ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ,  އެމްޑީޕީގައި ތިބި ލާދީނީ ލޭބަލް ޖެހިފައިތބި މީހުން މިއަދު އެ ޕާޓީ ދޫކޮށް ގޮސްފި ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުން އެކަމާމެދު އުފާ ކުރަން ޖެހޭނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ޕާޓީ ތެރެއިން ލާދީނީ ތައްގަނޑު ޖެހިފައިވާ މީހުން މިހާރު ވަނީ ގޮސްފައި. އެމީހުން ނެތް މިއަދު ނެތް ރައްޔިތުން އުފާ ކުރަން އެބަޖެހޭ" ސިޔާމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ސިޔާމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރައީސް ޞާލިޙަކީ އެމްޑީޕީގައި އޭރުތިބި "މުރުތައްދު" މީހުންނާ މުޅިން ދެކޮޅު ބޭފުޅެއް ކަަމަށެވެ.

"ރައީސް ޞާލިޙް ދުވަހަކު ވެސް އިސްލާމްދީނާ ދެކޮޅަށް އެއްޗެކޭ ނުބުއްވާނެ, ނަމާދު ކުރައްވާނެ, ރޯދަ ހިއްޕަވާނެ, ދަމު ނަމާދު ވެސް ކުރައްވާ" ރައީސް ޞާލިޙަށް ތައުރީފް ކުރައްވަމުން ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރައީސް ޞާލިޙްގެ އަޚްލާޤަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

"އަޅުގަނޑު ޕާލިމެޓްގައި އުޅުނިން އަޅުގަނޑުމެންގެ ރައީސާއެކު 20އަހަރު. އަޅުގަނޑަށް ނުފެނޭ އެމަނިކުފާނު ރުޅި, ކޯފާވެފައި އިންނަ އެއްވެސް ވަގުތެއް. އެމަނިކުފާނާ ދިމާޔަށް މީހުން އެއްޗެހި ކީމަވެސް ހެވިލާފައި ހުންނަނީ. އަޅުގަނޑު ހިތަށް އަރާ, ސަހަރޯއޭ މިއީ ކޮންކަހަލަ ބޭފުޅެއް ބާވަނޭ"

ސިޔާމް އިތުރަށް ވިދާޅުވީ, "އިބޫ ނޫން ގޮތެއް ނެތްކަން" ކަމަށާއި ތަަރައްޤީ ބޭނުންނަމަ ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް