Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިސޯޓަށް އަސް ގެންނަން ހިތްވަރު ދެއްވީ ރައީސް ޞާލިޙް: ސިޔާމް

ރިސޯޓަށް އަސް ގެންނަން ހިތްވަރު ދެއްވީ ރައީސް ޞާލިޙް: ސިޔާމް

ރިސޯޓަށް އަސް ގެންނަން އުޅުމުން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނި ކަމަށާއި، ރިސޯޓަށް އަސް ގެންނަން ހިތްވަރު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ, ށ. މިލަންދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުންނެވެ.

ސިޔާމް ވިދާޅުވީ އާދަޔާ ހިލާފަށް ރިސޯޓުތަކަށް އަސް ގެންނަން އުޅޭ ވާހަކަ ރައީސަށް ދެންނެވި ކަމަށާއި އެކަމުގައި ރައީސް ދެއްވީ ހިތްވަރު ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑުމެން އާ އީޖާދު ކުރަން ޖެހޭ. އަޅުގަނޑު އިއްޒަތްތެރި ރައީސް ކައިރިން އެއްސެވިން އަޅުގަނޑު މިހާރު މި އުޅެނީ ދިވެހިރާއްޖެއަށް އާދަޔާ ހިލާފަށް ރިސޯޓަކަށް ހޯސްތަކެއް ގެންނާށޭ، ރައީސް ވިދާޅުވީ ތިއީ ހާދަ ރަނގަޅު ކަމެކޭ. ތިކަން ކުރެވިދާނެޔޭ، ތިއީ އާ ކަމެކޭ،" ސިޔާމް ވިދާޅުވިއެވެ.

ރާއްޖެ އަށް މީހުން ފޮނުވާ ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާ އެކަން ހިއްސާކުރުމުން އެއީ ވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިކަން ހަލާކުވެދާނެ ކަމަށް އެ ފަރާތްތަކުން ބުނި ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެގޮތަށް އެ ވާހަކަތައް އޮތް ނަމަވެސް, އެ އަސްތަކާ އެކު ރިސޯޓުގެ ވިޔަފާރިއަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، ގޮނޑުދޮށުގައި އަސް ދުއްވާލަން ބޭނުންވާ އެތައް ބަޔަކު އޭނާގެ ރިސޯޓަށް މިހާރު ދާ ކަމަށެވެ.

"އެވްރެޖު ގޮތެއްގައި 50 ރޫމް މިއަދު އެބަތިބި ސިޔާމް ވޯލްޑުގައި ހޯސް ދުއްވަން އައިސް،" ސިޔާމް ވިދާޅުވި އެވެ.

އާ ކަންކަން ކުރަން އަބަދުވެސް ވިސްނަންޖެހޭ ކަމަށާއި އަދި ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން އައިސްގެން މެނުވީ ތަރައްގީއެއް ނުގެނެވޭނެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް