ޢަލީ ޙުސައިން ރައީސްއަށް: މަޝްރޫޢުތައް ނުނިމުމުން، އެހެން ބައެއްގެ ބޮލުގައި ނާޅުވާ

ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ނުދިޔުމުން، އެހެން ބައެއްގެ ބޮލުގައި ޒިންމާ ނޭޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވައިލައްވައިފިއެވެ.
ށ.މާއުނގޫދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވަނީ، ބައެއް މަޝްރޫޢުތައް ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. އެގޮތުން މާއުނގޫދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމަށް ސްޓެޓިކް ކުންފުންޏާއި ޙަވާލު ކުރިތާ ހަތަރު އަހަރު ވެގެން ދިޔައިރު ވެސް، އެ މަސައްކަތް ނުނިމޭ ކަމަށް ވިދާޅުވެ، ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ. މިކަމާ ގުޅިގެން މެމްބަރު ޢަލީ، ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނި ތަކާއި ހަވާލުކޮށްފައި ހުރި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ގިނަ ރަށްރަށުގައި ހުރީ ނުނިމި ކަމަށެވެ. އަދި ރައްޔިތުން ޒިިިންމާ ޙަވާލުކުރީ ރައީސް ޞާލިޙާއި ކަމަށާއި، "އެހެން ބައެއްގެ ބޮލުގައި ޒިންމާ އަޅުވަން" ނޫޅުއްވުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެން ކައިރިވީއިރު ވެސް، ބޮޑެތި މަޝްރޫޢުތައް ނުނިމޭކަން ފާހަގަކޮށް، އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.





ކޮމެންޓް