ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޤާސިމްގެ ކެމްޕޭން ހަރަކާތްތައް އެކި ސަރަހައްދުތަކުގައި މިހާރު ފަށާފައިވާއިރު، ކޯލިޝަނެއް ހެދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޤާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަސްމީ ކެމްޕޭން އެޖެންޓަކަަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ހަމަޖައްސައިފިއެވެ.
މި މަޤާމް ޢަލީ ވަހީދާއި ހަވާލުކޮށްދެއްވީ ޕާޓީ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ގާސިމްއެވެ. ޤާސިމްގެ ރަސްމީ ކެމްޕޭން އެޖޭންޓަކަށް އަލީ ވަހީދު ހަމަޖައްސާފައިވާއިރު އެމަނިކުފާނުގެ އެޑްވައިޒަރަކަށް ވެސް ހަމަޖައްސާފައިވަނީ އަލީ ވަހީދެވެ.
ގާސިމާއި ގާތް ގުޅުމެއް އޮންނަ އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާތައް އަނބުރާ ގެންދިއުމުން އޭނާ ރާއްޖެ ވަޑައިގަތީ ދާދިފަހުންނެވެ.
ވާހ!! އެއްއުރައެއްގަ ދެކަނޑި
އަލީ މެން ކަހަލަ ޖޯކަރް ލައިގެން ހޮވިދާނެ ، ރަނިން މޭޓަކަށް އަދީބް ކަހަލަ ސޯލިހް ކުއްޖަކު ނަގައި ގެން ކާމިޔާބްވާނީ !
ޖޭޕީގެހަލާކަކައް އެނެގީބޮޑުހޯރަ ބޫންބޫ
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިހީކުރަނީ ރައްޔިތުންގެ ހައްޤު ތަކާއި ދިރިއުޅުމާއި ރިޒުގު އެއީ މިބައި މީހުންގެ މުށުތެރޭގައި އޮންނަ އެއްޗެއްކަމަށް މިމީހުން ބޭނުންވީމާ ދެވޭ އެއްޗެއްކަމަ، ބަލަ ރައްޔިތުންގެ ހައްޤުތަކަކީ އެއީ މީހަކު ދޭންޖެހޭ އެއްޗެއްނޫން، އެއީ އެމީހުންނަށް އޮޓޯން ލިބާ ހުރިއެއްޗެއް !