ޚަބަރު ސިޔާސީ

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދަ ޑިމޮކްރެސްޓްގެ ރިޔާސީ ކެންޑިޑޭޓު, ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އިލްޔާސްގެ ރަނިން މޭޓަކަށް އަމްރު ހަމަޖައްސަވާފައިމިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރަނިން މޭޓަކަށް ހަމަޖެއްސުމުގެ އަޑުތަކެއްވެސް ފެތުރިފައިވަނިކޮށެވެ.

އަމްރު ރަނިން މޭޓަކަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ އިލްޔާސްގެ ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ޑިމޮކްރެޓުން ދައުވަތު ދިން މެސެޖްގައެވެ. މައުލޫމާތު ލިބޭގޮތުގައި އިލްޔާސްގެ ކެންޑިޑެސީ ފޯމު މިއަދު މެންދުރު އެކެއް ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އުފެއްދެވި ޕާޓީއެކެވެ. އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭ ގޮތުން އެ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާ ވެސް އެކި ފަހަރު މަތިން މަޝްވަރާތަކެއް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!