Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހިމަބިހި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިއްޖެ

ހިމަބިހި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިއްޖެ

ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާ ވެސް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހިފައި ހުރި މީހަކު އިއްޔެ ފެނިފައިވާ ކަމަށާއި އެ މީހާގެ ފަރާތުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި އޭނާއާ ބައްދަލުވެފައިވާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި ކޭސް އާއި، މިދިޔަ ޖުލައިމަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް ބެލެވިފައި ނުވާކަމަށެވެ.

Advertisement
HDC — Sidebar (box)

މިއީ މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސް ފެނުނު 3 ވަނަ ފަހަރެވެ. ހިމަބިހީގެ ކޭސްއެއް އެންމެ ފަހުން ފެނުނީ މިދިޔަ ޖުލައިމަހުގެ 27 ވަނަ ދުވަހުއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް