ޚަބަރު

އިންތިޚާބު ބޮއިކަޓް ނުކުރަން ރައީސް ޔާމީންއާ އިތުރަށް މަޝްވަރާ ކުރަން ސެނެޓުން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބު ބޮއިކަޓް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖާ ގުޅިގެން، އިތުރަށް އެމަނިކުފާނާ މަޝްވަރާ ކުރުމަށް އިދިކޮޅުލީޑާޝިޕުން ނިންމައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެފައިވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވަނީ މިއަދު ޕީޕީއެމްއަށް އިންތިޚާބު ބޮއިކަޓް ކުރަން ލަފައެއް އަރުވާފައެވެ. ނަމަވެސް އިދިކޮޅު ސެނެޓުން ނިންމާފައިވަނީ ލަފާ ޤަބޫލުނުކޮށް, އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓް, މާލޭ ސިޓީ މޭޔަރު މުއިއްޒު ނެރޭށެވެ. އެކަން ރައީސް ޔާމީނަށް މިރޭ ސެނެޓުން އެންގުމުން އެމަނިކުފާނު ވަނީ އެކަން ޤަބޫލު ނުކުރައްވާކަން އަންގާފައެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ލީޑަޝިޕްގެ ބައްދަލުވުމަށް ޔާމީން ފޮނުއްވި މެސެޖްގައި ވިދާޅުވީ އިންތިހާބު ބޮއިކޮޓް ނުކުރާން ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ.

Ads by Allied Insurance
  1. ޢަޒްލާ

    ރ ޔާމީން ހަމަ ކަނޑު ގުރުވަ ނޫނީ ނުކާނަންތޯ؟ކުރިން ވ ތާއީދު ކުރިން މިދާގޮތުން ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ހެނ ހީއެއްނުވޭ ސަލާމް