ރައީސް ވަހީދުގެ ތާއީދު ވެސް މުއިއްޒުއަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން އެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ނިންމެވުމުން، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙުސައިން މަނިކު އެކަމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މުޢިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅައިފައެވެ.
ރައީސް ވަހީދު ވަނީ މުއިއްޒުއާއި މެމްބަރު ޙުސެއިންއަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބީއަށް ވެސް އެދިވަޑައިގަންނަވައިފައެވެ. https://twitter.com/DrWaheedH/status/1688517548097298433?t=B3kwhxChbaY2d9O6rcndBw&s=19 ރައީސް ވަހީދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވިއިރު، ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހީމް މިއަދު ރައީސް ވަހީދަށް ދައުވަތު ވެސް އެރުވިއެވެ.





ކޮމެންޓް