ޚަބަރު

ރައީސް ޞާލިޙަށް ޝުކުރުވެރިވެވޭނީ އިންތިޚާބުގައި އެމަނިކުފާނު އެއްބުރުން ހޮވައިގެން: ސިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރުވެރިވާނަމަ، ސެޕްޓެމްބަރު 9 ވަނަ ދުވަހު އެއްބުރުން އެމަނިކުފާނު ހޮވަންޖެހޭނެކަމަށް އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސިޔާމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ރައީސް ޞާލިޙުގެ އަރިހުގައި ކުރައްވާ ދަތުރުފުޅުތަކުގައި ނ.އަތޮޅަށް ވަޑައިގެން އެ އަތޮޅު ކުޑަފަރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ޞާލިޙަށް ފަސް އަހަރު ވެރިކަން ކުރަން ނުލިބުނު ކަމަށާއި، ކޮވިޑްގެ ސަބަބުން އެމަނިކުފާނަށް ވެރިކަން ކުރުމަށް ލިބުނީ ތިން އަހަރު ކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، ކޮވިޑްގެ ދެ އަހަރު ނެގުމަށްފަހު، ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއާމެދު ދުނިޔޭގެ ލީޑަރުންވެސް ތައުރީފް ކުރާ ކަމަށާއި އަދި ރާއްޖެއިން ކޮވިޑާ ދެކޮޅަށް މަސައްކަތްކުރިގޮތް ހޯދުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން މަސައްކަތް ކުރިކަމަށެވެ.

"އެކި ގައުމުތަކުން ދުބާއީން، އިންޑިއާއިން، ސީޝެލްސްއިން، މޮރިޝަސްއިން އަދި އިނގިރޭސިވިލާތުން، އެމެރިކާއިންވެސް އައިސްފަ ބުނަނީ، ކޮބައިތޯ ކަލޭމެންގެ އިއްޒަތްތެރި ރައީސްގެ ސީކްރެޓް ރެސަޕީއަކީ ކޮބައިތޯ. ކިޔައިދީފާނަންތޯ ކޮވިޑުން ސަލާމަތްވި ގޮތް." ސިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ފަދަ ހިކުމަތްތެރި، އިލްމީ، ގާބިލު، ވިސްނުންތެރި ބޭފުޅެއް ރިޔާސީ ކެންޑިޑޭޓަކަށް ލިބުމަކީ މާތްﷲ ދެއްވި ނިއުމަތެއް ކަމަށާއި، ދިވެހިންނަކީ ޝުކުރުވެރިވާ ބަޔަކަށް ވާންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން، ޝުކުރުވެރިވުމަށް ވިސްނަން ޖެހޭ ކަމަށާއި ޝުކުރުވެރިވުމަކީ ރައީސް ޞާލިޙު އެއްބުރުން ރިޔާސީ އިންތިހާބުގައި ހޮވުން ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ވިސްނަންއެބަޖެހޭ ޝުކުރުވެރިވާން. ޝުކުރުވެރިވުމަކީ ކޮބައިތޯ؟ ތިބޭފުޅުންނަށް އެނގޭތޯ ޝުކުރުވެރިވުމަކީ ކޮބައިކަން. [އެއީ] އިބްރާހިމް މުހައްމަދު ޞާލިޙު އެއްބުރުން ހޮވުން." ސިޔާމް ވިދާޅުވިއެވެ.

Ads by Ooredoo
  1. މޫނުގަ ފުއްޖަހައިގެން ކިތަންމެ ގޮވިޔަސް ހެޔޮ މާތްﷲ ގެ ހެޔޮރަޚްމަތާއި އެކުމިފަހަރު މުޢިއްޒު ރިޔާސީ އިންތިޚާބް ކާމިޔާބް ކުރާނެ އިންޝާ ﷲ