Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފާރިސްގެ ވައުދު: ބަރަހަނާ ސައިޓްތައް ބްލޮކްކޮށް, ސްޕާތައް ބަންދު ކޮށް, ޖީއެސްޓީ 3 ޕަސެންޓަށް ކުޑަކުރުން

ފާރިސްގެ ވައުދު: ބަރަހަނާ ސައިޓްތައް ބްލޮކްކޮށް, ސްޕާތައް ބަންދު ކޮށް, ޖީއެސްޓީ 3 ޕަސެންޓަށް ކުޑަކުރުން

އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ, އަޙްމަދު ފާރިސް މައުމޫންގެ ރިޔާސީ ވައުދުތަކާއެކު މެނިފެސްޓޯ ލޯންޗްކޮށްފިއެވެ.

ރޭ ސަލްޓަން ޕާކުގައި އޮތް ޖަލްސާއެއްގައި ރިޔާސީ ވައުދުތައް ލޯންޗްކޮށްފައިވާއިރު, ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތަކަކީ ރައްޔިތުންގެ ކައިރިއަށް ގޮސް, އޮޅުން ފިލުވައިގެން ލިޔެފައިވާ ސިޔާސަތުތައް ކަމަށް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާސީ ކެނޑިޑޭޓް ވަނީ ވިދާޅުވެފައެވެ.

ފާރިސްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމެވެ. ގިނަ މުސްލިމް ޤައުމުތަކުގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްފައިވާއިރު, ރާއްޖޭގައި އެކަން އެގޮތަށް ނުކުރާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެއެވެ. އޭގެ އިތުރުން މަސާޖު ކުރާ ތަންތަނުގެ ނަމުގައި މުޖުތަމައު ގަބޫލުނުކުރާ އަމަލުތައް ހިންގާ ތަންތަން ބަންދުކުރުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

Advertisement
Allied — Dhen Online (box)

އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާރިސްގެ މެނިފެސްޓޯގައި ހުށަހަޅާފައިވަނީ ރައްޔިތުންނަށް ބޮޑުވެފައި އޮތް ޓެކްސްގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ޓެކްސް ނިޒާމު ދިރާސާކޮށް ތިން ޕަސެންޓަށް ޖީއެސްޓީ ކުޑަކުރަން ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް