ޚަބަރު ސިޔާސީ

ވަޒީފާ ގެއްލިދާނެތީ، ސަރުކާރު ދެކެ ބިރު ނުގަނޭ: ޢަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވަޒީފާ ގެއްލިދާނެތީ ސަރުކާރު ދެކެ ބިރު ނުގަތުމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

އަބްދުއްރަޙީމް މިހެން ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި މިއަދު ހއ.ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް، އެ ވިދާޅުވަނީ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރައްވާނަމޭ،" މުޢިއްޒުއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމުގައެވެ.

ޢަބްދުއްރަޙީމް އިތުރަށް ވަނީ، މުޢިއްޒުގެ މޮޓޯ އަކީ އެންމެންނަށް ވަޒީފާ އާއި ގެދޮރުވެރިކަން ހަމަޖައްސައިދެއްވުން ކަމަށް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރު ނިމެން އޮތީ އެންމެ 28 ވަރަކަށް ދުވަސް ކަމަށާއި، އަންނަ މަހުގެ 9 ‏ވަނަ ދުވަހު ރައްޔިތުން މި ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!