Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޑރ. މުއިއްުޒުއަކީ ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެއް: މާރިޔާ

ޑރ. މުއިއްުޒުއަކީ ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެއް: މާރިޔާ

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަކީ ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ސްޕޯކްސްޕާސަން އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ތަކުރާރުކޮށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒުއަކީ ޕީއެންސީ/ސަލަފުގެ ކެންޑީޑޭޓުކަމަށް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިޔަކު އެކަމާއި ގުޅިގެން ސުވާލުކުރެއްވުން މާރިޔާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަނުކުރާ ކަމަށާއި ކެންޑިޑޭޓް މުއިއްޒުއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނޫންކަމަށެވެ. އަދި މުއިއްޒުއަކީ "ޕީއެންސީ އަދި ސަލަފްގެ ކެންޑިޑޭޓް" ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ފެންނަނީ ޕީއެންސީގެ ލޯގޯ އެބޭފުޅާގެ ކެންޑީޑެސީގައިވެސް ޖަހާފައި އޮތީ. ރައީސް ޔާމީން ޕީޕީއެމް ބޮއިކަޓް ކުރަން ގޮވާލި ކިތަންމެ ތަނަކުން އަޅުގަނޑުމެންނަށް ބެނާ ފެނޭ. ޕީޕީއެމް ބޭފުޅުން ނުކުމެވަޑައިގެން އެބޭފުޅުނަން މަރުހަބާ ވިދާޅުވާތަނެއް ނުފެނޭ. އޭގެ އަނެއް ކޮޅަށް ބަލާއިރު ހަމަ ސަލަފުގެ ހުރިހާ ބޭފުޅުން، ފަހަރަކު ބޭފުޅަކު ވަޑައިގަނަންވަނީ މުއިއްޒުއަށް ތާއިދުކުރައްވަމުން"

Advertisement
Allied — Dhen Online (box)

އަދި ސަލަފުގެ ހުރިހާ ބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓަކީ މުއިއްޒުކަމަށް އެބޭފުޅުން ވިދާޅުވާކަމަށާއި، ފެންނަން ހުރި ހެކިތަކަށް ބަލާއިރު ޑރ. މުއިއްޒުއަކީ ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެއްކަން ސާފުވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް