ޚަބަރު ސިޔާސީ

ރާއްޖޭގެ އެއްވެސް ރަށަކުން މީހަކަށް ބިމެއްދެންޏާ މާލޭގެ މީހުންނަށްވެސް އެމީހަކަށް އޮތް މިންވަރަކުން ބިންކޮޅެއް ދޭންޖެހޭނެ: ރީކޯ މޫސާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގެ އެއްވެސް ރަށަކުން މީހަކަށް ބިމެއްދެންޏާ މާލޭގެ މީހުންނަށްވެސް އެމީހަކަށް އޮތް މިންވަރަކުން ބިންކޮޅެއް ދޭންޖެހޭނެކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރީކޯ މިހެން ވިދާޅުވީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ (އެމްޓީޑީ) އޮފީސް ހުޅުވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، މާލޭގެ ދިރިއުޅޭ މީހުންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީވެސް އެމީހުންނަށްކަމަށާއި، އަދި މާލެ ރައްޔިތުންނަށް ގޯތިދިނުމަށް ވާހަކައެއް ދެކެވޭ އިރަށް، ބައެއް ސިޔާސީ ވެރިންނާއި ބައެއް ނޫސްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް އެކަމާ ގުޅިގެން ވަރަށް އެހެން ކަހަލަ އިހާނާތްތެރި ބަސްތައް މާލޭގެ ރައްޔިތުންނާއި ދިމާލަށް ވިދާޅުވާކަމަށް ރީކޯ ވިދާޅުވިއެވެ.

"މާލޭގައި ވެރިކަން ކުރުމަކީ އެއީ އަޅުގަނޑުމެން މާލޭގެ ރައްޔިތުން ކުރި ކަމެއް ނޫން. ޒަމާނުއްސުރެ މި ރާއްޖޭގައި އޮތް ގާނޫނެއްގެ ސަބަބުން ނުވަތަ ބަޔަކު އައިސް އަޅުގަނޑުމެންނަށް ތާރީޚް އެބައޮތް ދިޔަމިގިލީގައިވެސް ވެރިކަން ކުރިކަން. އެކަން އެ ރަށުގައު ދެމިގެން ދިޔަނަމަ، އެތަނުގައި އެކަން އޮންނާނީ. އެއީ ދިޔަމިގިލީގެ ރައްޔިތުންގެ މައްސަލައެއްނޫން" ރީކޯ ވިދާޅުވިއެވެ.

އެހެންކަމުން މާލެއަކީ ވެރިކަން ކުރާ ރަށަށް ވީމައި އެތަނުން އެ ތަނުގެ ރައްޔިތުންނަށް ބިންކޮޅެއް ނުދިނުމަކީ އެއްވެސް މީހަކު ވަކާލާތުކުރާކަމެއް ނޫންކަމަށާއި، ކޮންމެ މީހަކަށްވެސް އމެީހަކު އުފަންވި ތަނުން ލިބެން ޖެހޭނެކަމަށް ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކުން މީހަކަށް ބިމެއް ދެންޏާ މާލޭގެ ރައްޔިތުންނަށްވެސް އެމީހަކަށް އޮތް މިންވަރަކުން ބިންކޮޅެއް ދޭން ޖެހޭނެކަމަށާއި 40، 50 އަހަރަށްފަހު މިއަދު ރައީސް ޞާލިޙް އެކަން ކޮށްދެއްވީތީ އެމަނިކުފާނަށް ޝުކުރުދަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ މި މާލެއަށް އުފަން މީހެއް. އަޅުގަނޑުގެ އުމުރުން ވީ ވަރެއް ސީދާ ނުބުނާނަން. ބޮލުން ބަލާފައި ތިބޭފުޅުން އަމިއްލައަށް އެކަން ނިންމާނީ. މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުގެ ކާފަ ކިޔާ ދަރިންނާ ހަމައަށް ތިބިއިރުގައި މާލެއިން އަޅުގަނޑުގެ އާއިލާ މީހަކަށްވެސް ބިންކޮޅެއް ދިން ހަނދާނެއްވެސް ނެތް. ނުވެސް ދޭ. އެހެންވީމަ ހަނދާނެއްވެސް ނުހުންނާނެތާ" ރީކޯ ވިދާޅުވިއެވެ.

އަދި ކުރިން ވެރިކަމުގައި ތިއްބެވި ބޭފުޅުން މާލެގެ ދެކުނު ފަރާތުގައި ރައްޔިތުންނަށް ގޯތި ދޭނަމޭ ވިދާޅުވެ، މާލޭގެ ދެކުނު ފަރާތް އެއްކޮށް ހިއްކާލާފައި ރަށްރަށުގައި ތިބި މީހުން ނާންނަން ތިއްބައިވެސް އަތޮޅުވެރިކަމުގައި ތިއްބާވެސް ވަކިކޮށްގެން ގެނެސް ގޯތި ދީ، މާލޭގެ ރައްޔިތުން ބިކަކޮށްލާފައިވާކަމަށް ރީކޯ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ތާރީޚް މާޒީވެ ގޮއްސިކަމަށާއި މާލޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަމުންވެސް، މާލެ ރައްޔިތުންނަށް ބިން ދެއްވީ ރައީސް ޞާލިޙްކަމަށް ރީކޯ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ މިދެކޭ ތަރައްޤީ ކުރިއަށް އޮތްތަނުގައިވެސް ދެކެން ރައްޔިތުން އެދޭނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރީކޯ ގޮވާލެއްވިއެވެ.

Ads by Ooredoo
  1. އމްޓީޑީ ގެ މާނައަކީ މޯލްޑިވެސް ތިޖޫރި ދޮވެލި ޕާޓީ އެމްޓީ ޑީ