Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މުއިއްޒު އަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން “ބޯވާއެއް” ހެން ސިފަ ބަދަލުކުރައްވާ ބޭފުޅެއް: މާރިޔާ

މުއިއްޒު އަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން “ބޯވާއެއް” ހެން ސިފަ ބަދަލުކުރައްވާ ބޭފުޅެއް: މާރިޔާ

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން “ބޯވައެއް” ހެން ސިފަ ބަދަލުކުރައްވާ ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ މުޢިއްޒު އަކީ ރައްޔިތުންނަށް ވަފާތެރި މީހެއް ނޫން ކަމަށާއި އެކަމަކީ ވޯޓު އެޅުމުގެ ކުރިން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއް އެއީ އެބޭފުޅާގެ ރަށް ކަމަށް ސިފަކުރައްވާ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ކޮންމެ ތަނަކުން ވެސް އަމިއްލަ ފައިދާއަށް ކަމަށާއި ޕާޓީއާ ދޭތެރޭ ވެސް ނުވިސްނަވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

“ވަޑައިގަންނަވާ ކޮންމެ ތަނަކުން ބޯވައެއް ހެން ސިފަ ބަދަލުކުރައްވަމުން ގެންދަވާ ބޭފުޅެއް އެއީ” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް  ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ނުނިމެނީސް އެމަނިކުފާނު މިނިވަންކުރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް