Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުޢިއްޒުގެ ވައުދެއް: ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް

މުޢިއްޒުގެ ވައުދެއް: ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދައުރުގެ ކުރީކޮޅު ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފު ކުރައްވަން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ފ. ނިލަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ހައުސިން ޕްރޮގްރާމެއް ގާއިމުކުރެވިގެން ދިޔުމަކީ ވަރަށް އިންސާފުވެރި، އަދުލުވެރިކަމެއް ކަމަށެވެ.

“އެފަދަ ހާއްސަ ހައުސިން ސްކީމެއް ހިންގާނެކަން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޔަގީންކޮށް އަރުވަން” މުޢިއްޒު ވިދާޕުވިއެވެ.

Advertisement
HDC — Sidebar (box)

މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ކެޓަގަރީއެއް ހަދައި، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ސޯޝަލް ހައުސިން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް