Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިއްދޫ ސިޓީއަކަށް ހަދައިދޭނަން: އިލްޔާސް 

ދިއްދޫ ސިޓީއަކަށް ހަދައިދޭނަން: އިލްޔާސް 

ހއ. ދިއްދޫ ސިޓީ އަކަށް ބަދަލު ކޮށްދޭނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.

ހއ. ދިއްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދިއްދޫ ސިޓީ އަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.

އަދި ގޮންޖެހުންތައް ދިމާވި ނަމަވެސް އެކަމުން އަރައިގަނެ މަންޒިލަށް ވާސިލުވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ދިއްދޫގައި ވަޒީފާތައް އިތުރުކުރުމަށްތަކައި ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިލްޔާސް ވިދާޅުވީ މި ރާއްޖެ ބަދަލުކުރާނީ ރައްޔިތުންނާއި ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި ވެރިކަމަށް އަންނަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދީ އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭން ކަމަށެވެ.

އަދި ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެ ކަންކަން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިއްދޫ އަކީ ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށާއި ދިއްދޫގެ ބިމުގެ ޖާގަ އިތުރުކޮށް، މީހުން އިތުރުކޮށް އާބަން ސެންޓަރެއް އަޅައި ދެއްވާނެ ކަމަށް އިލްޔާސް ވައުދުވެ ވަޑައިގެންފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް