ޚަބަރު ސިޔާސީ

ސްކޫލް ކުދިންގެ ފޮތްލިސްޓަށް ސަލާންޖެހުން ހުއްޓުވީ ޤާސިމް: ނިހާން

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ސްކޫލް ކުދިންގެ ފޮތްލިސްޓަށް ސަލާންޖެހުން ހުއްޓުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްކަމަށް އެޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ވިދާޅުވެއްޖެވެ.

Ads by STELCO

އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުތަކުގައި ހއ. ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ސްކޫލް ކުދިންގެ ފޮތްލިސްޓަށް ސަލާންޖެހުމަށް ނިމުން ގެނެސްދެއްވީ ޤާސިމް ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، އޭރުގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް ދަންނަވައިގެން ކަމަށެވެ.

ނިހާން ވަނީ ޤާސިމް ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ވާހަކަ ދައްކަވާ، ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ. ނިހާން ވިދާޅުވީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ތަޢުލީމު އުނގަންނައިދެއްވި ބޭފުޅަކަށްވުރެ ވަކި ބޮޑަށް ކިޔެވިފައި ހުންނެވި ބޭފުޅަކު ނުހުންނަވާނެކަމަށެވެ. އަދި އެއްވެސް ޤައުމެއްގައި އެގައުމެއްގެ ރައްޔިތުންނަށް ކިޔަވައިދޭން އިސްނެގި މީހާއަށްވުރެ މޮޅު މީހަކު ނުހުންނާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޤާސިމްގެ ޚަރަދުގައި ރާއްޖޭގެ ކުދީންނަށް ކިޔަވައިދެއްވާތާ މިހާރު ފަންސާސް އަހަރުވެއްޖެކަމަށާއި ތަޢުލީމު އުނގަންނައިދިނުމަކީ ދުނިޔެ ނިމިދިއުމަށްފަހުވެސް މަންފާކުރާނެކަމެއް ކަމަށެވެ.

ނިހާން ވަނީ ޤާސިމް ތަޢުލީމީ ދާއިރާއަށްޓަކައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ވޯލްޑް އެޑިއުކޭޝަން ފޯރަމުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދެއްވާފައިވާތީ އެކަމަށްވެސް ތަޢުރީފްކުރައްވާފައެވެ.

ޤާސިމް ވަނީ އެމަނިކުފާނަށް ވެރިކަަން ލިބިވަޑައިނުގެންނެވިނަމަވެސް، އެމަނިކުފާނު ދެއްވާފައިވާ ހުރިހާ ސްޓޫޑެންޓު ލޯނުތައް މާފުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ads by HDC
  1. ވައްޑެ

    ނިހާނުމެން ގެ ލޫތުވާޓީމް ރަހއްޔިތުންނައް ތިވަރައް އޮޅުވާނުލިޔަސްވެދާނެ.ގާސިމްފަކީރު ފެލާލަނީ ތިތިބަ .ތިއަގައިންބުނީ އެއީ ރައީސް މައުމާން ގެ ނިމްމުމެކޭ އަދި ފަހުން ރައީސް ޔާމިންނޭ މިހާރު އޮނަރަބަލް ގާސިމް.ކިތަތްމެ އޮޅުވާލިޔަސް އެއީ ރައީސ ނަސީދު ގެންނެވިބަދަލެއް ކޮއްދެއްވިކަމެއް.

  2. ބޮލުރޮދި

    އެހެންތަ އެހެންވެއްޖެއްޔާ ގާސިމައް ވަރައް އިހްލާސްތެރިކަމާއެކު ށުކުރު ދަންނަވަން އެހެނަސް ތީކީ ގާސިމައް ގައުމުގެ ވެރިކަންދޭންޖެހޭ ސަބަބެއްކަމައް އަހަރެން ނުދެކެން

  3. ރެއްކަބޭ

    މިގައުމުގައި ތިޔަހުރިހާކަމެއް ކުރިމީހަކީ ކެނެރީގެ ނަޝީދުކަން ހުރިހާއެންމެނަށްވެސް އެނގޭނެ. ފޮތްލިސްޓް، ބޭސްސިޓީ، ފްލެޓް ދޮންބެ. ދެންމިކަންކަން ކުރަން އެހެންމީހުން އުޅުނަކަސް އެނަމެއްނުލިބޭ.

  4. ބުއްދާ

    ކޮންގޮތަކަށް. ސަލާންޖަހަން ދާންމިޖެހެނީ ގާސިމްކައިރިއަށް