ޚަބަރު

ތިނަދޫގައި އަލަށް ހުޅުވި އިންޖީނުގެއިން 1.3 މެގަ ވޮޓް ކަރަންޓު އުފެއްދޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިނަދޫގައި އަލަށް ހުޅުވި އިންޖީނުގެއިން 1.3 މެގަ ވޮޓް ކަރަންޓު އުފެއްދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Hajj Corporation

ވ. ތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވި އެރަށު އިންޖީނުގެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރަށުގެ މީހުން އުޅޭ ސަރަހައްދާއި ދުރަށް ގެންގޮސް އިމާރާތް ކުރި އާ އިންޖީނުގެ ރަސްމީކޮށް ހުޅުވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.

ސްޓެލްކޯ އިން ބުނީ އިން ބުނީ ތިނަދޫގެ އައު އިންޖީނުގެ އަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މިކުންފުނިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއް ކަމަށެވެ.

އެހެން ނަމަވެސް، އަލަށް ރަސްމީކޮށް އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ފޯރުކޮށްދިފައިވާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!