Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑާއި ގާތްކުރާ ކެންޑިޑޭޓެއް ނެތް: ޤާސިމް

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑާއި ގާތްކުރާ ކެންޑިޑޭޓެއް ނެތް: ޤާސިމް

ރައްޔިތުންނަށް ދެއްވާފައިވާ ޚިދުމަތާއި، ކޮށްދެއްވާފައިވާ މަސައްކަތަށް ބަލާއިރު މިފަހަރުގެ ރިޔާސީ ރޭހުގައި އޭނާއާއި ގާތްކުރެވޭ ވަރުގެ ކެންޑިޑެޓަކުވެސް މިއިންތިޚާބުގައި ވާދަ ނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ނ.މަނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ފަހަރުގެ އިންތިޚާބުގައި ވާދަކުރާ 8 ކެންޑިޑޭޓުންގެ ތެރޭގައި ކުރި މަސައްކަތާއި ދިން ޚިދުމަތަށް ބަލާއިރު އެމަނިކުފާނާއި ގާތް ކުރެވޭ ވަރުގެ ކެންޑިޑޭޓަކުވެސް ނުހުންނާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ މިފަހަރު ވޯޓު ދެއްވައިގެން މި ގައުމުގެ ވެރިކަމަށް އެމަނިކުފާނު ގެނެސްދެއްވުމަށް އިލްތިމާސްކޮށްފައެވެ. "އަޅެ މި ހައްގެއް ނެތްތަ އަޅުގަނޑު މި ވާހަކަ ދައްކާކަށް. ކުލައަށް ބައްލަވާނެ ކަމެއް ނެތޭ، ޕާޓީއަށް ބައްލަވާނެ ކަމެއް ނެތޭ،" ގާސިމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ގާސިމް ވިދާޅުވީ ވެރިކަމަށް މީހަކު އިންތިހާބު ކުރަން ޖެހޭނީ ޕާޓީ އާއި ކުލައަށް ބަލައިގެން ނޫން ކަމަށާއި ވެރިކަމަށް އިންތިހާބު ކުރާ މީހެއްގެ ގައިގައި ގައުމިއްޔަތެއް އޮންނަން ޖެހޭނެ ކަަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް