Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް

ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ޝިޔާން މިރޭ ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވައިފައެވެ.

ޝިޔާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި އެމްޑީޕީގެ 13 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.

Advertisement
Allied Insurance — Square (box)

ޑިމޮކްރެޓްސް އުފައްދަން އިއުލާން ކޮށްފައިވަނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް