ކަންކަން ކުރެވޭނީ، ކުރަން އެނގޭ މީހުންނާއި ޙަވާލު ކުރުމުން: ޝަހީމް

ކަންކަން ކުރެވޭނީ، ކުރަން އެނގޭ މީހުންނާއި ހަވާލު ކުރުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، އަދި 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ނުކުންނެވި، ޑރ.މުޙައްމަދޔ ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވައި، ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ޝަހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމަކަށް ވެއްޖެނަމަ، ރައްޔިތުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ."ފުރަތަމަ ހުވާ ކުރާ ދުވަހު ކަންކަން ރަނގަޅު ނުވެދާނެ، ފުރަތަމަ ދުވަހު ވެސް ރަނގަޅު ކުރެވޭ ބައެއް ކަންކަން ހުންނާނެ. އެކަމަކު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވޭނެ، އަޅުގަނޑު ވަރަށް ބޮޑު ޔަޤީންކަމެއް މި ދެނީ." ޑރ.ޝަހީމް ވިދާޅުވިއެވެ.ޑރ.ޝަހީމް އިތުރަށް ވިދާޅުވީ، ރައީީސް ޔާމީންގެ ވެރިކަން ބަދަލުވެއްޖެނަމަ، ވެދާނެ ކަންތައްތަކެއްގެ ވާހަކަ އެމަނިކުފާނު ކުރިން ވެސް ދަންނަވައިފައިވާނެ ކަމަށާއި، މިއަދު ފަސް އަހަރު ފަހުން، ރައްޔިތުން އެދެމުންދަނީ، އެ ވެރިކަން އިޔާދަވުން ކަމަށެވެ.
"އެ ތަސައްވުރު އަލުން އިޔާދަ ކުރުމުގެ ހަނދާާންތައް."އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އިވެނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލާ އަޑު ކަމަށެވެ.






ކޮމެންޓް