ހަނދަށްފަހު އިންޑިއާގެ އަމާޒު ދެން ކޮންތާކަށް?
އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ ޗަންދުރަޔާން-3 ގެ ހަނދު ޖެއްސުމުގެ ކާމިޔާބީއާ ގުޅިގެން، އެ ގައުމުގެ ޖައްވީ އިދާރާއިން ކުރިއަށް އޮތް މިޝަން ބާއްވާނެ ތާރީހެއް ކަނޑައަޅައިފަ އެވެ.
އިންޑިއާގެ ފުރަތަމަ ސްޕޭސް އޮބްޒަވޭޓަރީ ކަމަށްވާ އަދިތިޔާ-އެލް1، ސްރީހަރިކޯޓާގައި ހުންނަ އެ ގައުމުގެ މައި ސްޕޭސްޕޯޓްގައި ލޯންޗް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން މި ހަފުތާގައި އެ ގައުމުގެ ސެޓެލައިޓް ކޮމާންޑް ސެންޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ހަނދު މިޝަންގެ ކާމިޔާބީއާ ގުޅިގެން ސައިންސްވެރިންނާއި ކްރޫއިން އުފާފާޅުކުރަމުން ދަނިކޮށެވެ.
އިރަށް ހިންދީ ބަހުގެ ނަމުން ނަން ދީފައިވާ މި ޖައްވީ އުޅަނދަކީ އިންޑިއާގެ ފުރަތަމަ ސްޕޭސް ބޭސްޑް ސޯލާ ޕްރޮބް އެވެ. މީގެ ބޭނުމަކީ ސޯލާ ވިންޑްސް ދިރާސާކުރުން ކަމަށާއި، އޭގެ ސަބަބުން ބިމުގައި ހަލަބޮލިކަން އުފެދި، އާންމުކޮށް ފެންނަނީ "އަރޯރާ" ގެ ގޮތުގަ އެވެ.
ދިގު މުއްދަތަކަށް މި މިޝަންގެ ޑޭޓާގެ ސަބަބުން ދުނިޔޭގެ މޫސުމަށް އިރުގެ އަސަރު މާ ރަނގަޅަށް ދެނެގަނެވިދާނެ އެވެ.
ދާދި ފަހުން ސައިންސްވެރިން ބުނެފައި ވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީ/ނާސާ ސޯލާ އޯބިޓާ ޖައްވީ އުޅަނދުން ކޮރޯނާއިން މެދުކެނޑުމެއްނެތި ބޭރުވާ ޗާޖުކުރެވޭ ޕާޓިކަލްތަކުގެ ކުދި ކުދި ޖެޓްތަކެއް ފެނިފައިވާ ކަމަށެވެ.
އިންޑިއާގެ ހެވީ ޑިއުޓީ ލޯންޗް ވެހިކަލް، ޕީއެސްއެލްވީގައި ދަތުރު ކުރަމުން އަންނަ އަދިތިޔާ-އެލް1 ޖައްވީ އުޅަނދު، އިރުގެ ޖައްވު ދިރާސާ ކުރުމަށް ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ކިލޯމީޓަރަށް ދަތުރުކުރާނެ އެވެ.
އެއީ ގްރެވިޓޭޝަނަލް ފޯސްތައް ބެލެންސްކޮށް، ޖައްވީ އުޅަނދަށް ތެޔޮ ބޭނުންކުރާ މިންވަރު މަދުވުމުގެ ސަބަބުން އެއްޗެހި ބަހައްޓާފައި ހުންނަ ކަހަލަ ޕާކިން ލޮޓަކަށް ދާނެ އެވެ.
އެ މަގާމުތަކަށް ކިޔަނީ އިޓަލީ-ފްރާންސް ހިސާބު އިލްމުވެރިޔާ ޖޯސެފް-ލުއީ ލަގްރާންޖްގެ ނަމުން ނަންދީފައިވާ ލަގްރާންޖް ޕޮއިންޓްސް އެވެ.