Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެމްޕެއިނުގައި ވެސް މުއިއްޒު އެންމެ އިސްކަން ދެއްވީ ނަމާދަށް

ކެމްޕެއިނުގައި ވެސް މުއިއްޒު އެންމެ އިސްކަން ދެއްވީ ނަމާދަށް

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ނަމާދަށް އިސްކަން ދެއްވި މިންވަރު ހާމަވުމުން ގިނަ ބަޔަކު އެކަމަށް ތައުރީފު ކޮށްފިއެވެ.

ރިޔާސީ ކެމްޕެއިނުގައި މުއިއްޒު މިއަދު ވަޑައިގަންނަވަމުން ދަނީ ގދ.އަތޮޅުގެ ބައެއް ރަށްތަކަށެވެ.

އެ އަތޮޅު ގައްދުއަށް ވަޑައިގެން، ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ފަހު، މުއިއްޒުގެ ދެވަނަ މަންޒިލަކަށް ވީ ނަޑެއްލާއެވެ.

Advertisement
Allied — Dhen Online (box)

ނަޑެއްލާއަށް ވަޑައިގެންނެވުނީ 12:25 ހާއިރުއެވެ. އޭރު އެ ރަށުގެ ގިނަ ބަޔަކު ތިބީ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ނިކުމެއެވެ.

ނަމަވެސް ސަޕޯޓަރުންނާއިއެކު ބައްދަލުވުން ބޭއްވުމުގެ ކުރިން މުއިއްޒު ވިދާޅުވީ ރައްޔިތުންނާ ވާހަކަ ދެއްކެވޭނީ ނަމާދުކޮށްގެން ކަމަށެވެ.

އަދި އެދިވަޑައިގެންނެވީ އެ ތަނުގައި ތިބި އެންމެން މިސްކިތަށް ދިއުމަށެވެ.

މުއިއްޒު އަކީ ފަރުޟު ފަސް ނަމާދު ޤަވާއިދުން ކުރައްވާ ބޭފުޅެއް ކަމަށް ގިނަ މީހުން ފާހަގަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް