Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަދާލަތުން ބުނަނީ، ފެހި ކުލައިގެ ޓީޝާޓްގައި ނުކުތީ އެ ޕާޓީގެ ބައެއް ނޫން ކަމަށް

އަދާލަތުން ބުނަނީ، ފެހި ކުލައިގެ ޓީޝާޓްގައި ނުކުތީ އެ ޕާޓީގެ ބައެއް ނޫން ކަމަށް

މި ސަރުކާރާއިއެކުގައި ކޯލިޝަން ހަދައިފައިވާ ސިޔާސީ ޕާޓީ، އަދާލަތު ޕާޓީން ބޭނުން ކުރަމުން އަންނަ ކުލަ ކަމުގައިވާ،  ފެހި ކުލައިގެ ޓީޝާޓުގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަަށް މަރުހަބާ ކިޔަން ނުކުތް ގިނަ މީހުންނަކީ އެ ޕާޓީގެ މީހުން ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެ ތިބި ސަޕޯޓަރުންގެ ތެރޭގައި ބަޔަކު ވަނީ އަދާލަތު ޕާޓީން ބޭނުން ކުރާ ކުލައިގެ ޓީޝާޓު ލައިގެން ހަރަކާތްތެރިވެފައެވެ. އިއްޔެ އެކަން ކުށްވެރި ކުރުމަށް ފަހު، މިއަދުގެ ވަގުތެއްގައި، އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބީ އެ ޕާޓީގެ މެންބަރުންތަކެއް ނޫން ކަމަށެވެ. އަދި އެއީ އިދިކޮޅުން ހިންގާ ސްކޭމެއް ކަމަށް ވެސް ތުހުމަތު ކުރިއެވެ. މި ކަމަކީ މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް ކަމަށް ވެސް، 10،000އެއްހައި މެމްބަރުން ތިބި އަދާލަތުން ބުނެއެވެ. "އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމެއް،" އެ ޕާޓީން ބުންޏެވެ. މުއިއްޒު ސިޔާސީ ހަޔާާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. ނަމަވެސް އެމަނިކުފާނު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނާއި ގުޅިވަޑައިގެންނެވި ފަހުން އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް