Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެ ދައުރަށް ވެރިކަން ކުރެވެން އޮންނަ އުސޫލު ބަދަލުކުރަން ފެނޭ: ޤާސިމް

ދެ ދައުރަށް ވެރިކަން ކުރެވެން އޮންނަ އުސޫލު ބަދަލުކުރަން ފެނޭ: ޤާސިމް

ޤާނޫނު އަސާސީގައި ދެ ދައުރަށް ވެރިކަން ކުރެވެން އޮންނަ އުސޫލު ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އދ.ދިއްދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ދެވަނަ ދައުރެއް ހޯދުމަށް ވާދަކުރެވޭނެކަމަށް ގާނޫނު އަސާސީގައި މިހާރު އޮތް ނަމަވެސް އެކަން ބަދަލުކުރަން ޖެހޭ ކަމަށާއި ދެވަނަ ދައުރަކަށް ވާދަކުރެވޭނެ މަގު ބަންދު ކުރަންޖެހޭކަމަށެވެ.

"މިހާރު މި އޮންނަނީ ފަސް އަހަރު، ހަތް އަހަރަށް ދިގުކޮށްގެން ވިޔަސް އެއް ދައުރު ކަމަށް ކޮންމެ މީހަކަށް ވެސް ލިބޭނީ ބުނެފިއްޔަކާއެއް، ދެން އޭނާ އަންނާކަށެއް ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެތްތާ" ޤާސިމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ދެ ދައުރަށް ވެރިކަން ކުރެވެން އޮންނަ އުސޫލު ބަދަލުކުރަން ޖެހެނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު ސަރުކާރުން އިންތިޚާބަށް ނުފޫޒް ފޯރުވާތީ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރު ހޯދުމަށް ކުރާ މަސައްކަތުގައި ހަލާލެއް، ހަރާމެއް ނުބަލާކަމަށް ގާސިމް ވިދާޅުވިއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް