Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި

އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ.

އެމަނިކުފާނުގެ ޓްވިޓާ އަދި ފޭސްބުކްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، އިންޒާރު ދިން މީހާ ވަނީ މި އިންތިޚާބުގެ ކެންޕެއިންގައި ކިތައް ކިލޯ ބެހިތޯ ސުވާލުކޮށްފައެވެ. އަދި ދައުލަތަށް ލާރި ވަންނަނީ މަސްތުވާތަކެތިން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެމީހަކު ވަނީ އުމަރުގެ ގަޔަށް ވަޅި ޖަހައި މަރާލާނެކަމުގެ އިންޒާރުދީފައެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ، ކެންޕެއިން ފެށުނީސުރެން ތަފާތު ގޮތްތޮތަށް މަރުގެ އިންޒާރު ލިބެމުންދާތީ އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

މިމަހުގެ ތެރޭގައި ބޭއްވި ކެންޕެއިން ސައިކަލު ބުރެއްގެ ތެރެއިންވެސް އުމަރަށް ވަނީ ދަނގަޑު ބުރިއަކުން ޖަހައި ހަމަލާއެއް ދީފައެވެ.

އުމަރު ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި އޭރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނު މަތީގައި ޖެހީ ކަމަށެވެ. މި ހާދިސާގެ ސަބަބުން އުމަރަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް