Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުޢިއްޒުގެ ވައުދެއް: ގއ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނަން

މުޢިއްޒުގެ ވައުދެއް: ގއ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނަން

ގއ. ވިލިނގިއްޔާއި މި ރަށް ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެއަތޮޅުގައި  އިންޓަނޭޝަނަލް އެއަރޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

“އެ އެއާޕޯޓާއެކު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި ފަރުގައި ހިންގައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މުޢިއްޒު ވިދާޅުވީ އެއާޕޯޓް އަޅަން ބިިން ހިއްކާއިރު ބިން ހިއްކާނީ ވިލިނގިލީގައި އިތުރު ގެދޮރާއި ވަސީލަތްތައް ގާއިމްކުރެވޭ ވަރަށް ބިމުގެ ޖާގަ ލިބޭ ވަރަށް ކަމަށެވެ.

ހުވަދު އަތޮޅަކީ ފަޅު ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ގިނަ އަތޮޅަކަށް ވެފައި، މަސްވެރިން ގިނަ އަތޮޅަކަށް ވާތީ ގއ. އަތޮޅާއި ގދ. އަތޮޅުގައި ވެސް ޑިކޮމްޕެރެންޝަން ޗެމްބަރެއް ގާއިމުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް