Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

މި ސަރުކާރުން ވައުދުތައް ފުއްދަން އުޅެނީ ފިރުޢައުނު ޣަރަޤުވާން ފެށުމުން އީމާންވި ގޮތަށް: ހައިލަމް 

މި ސަރުކާރުން ވައުދުތައް ފުއްދަން އުޅެނީ ފިރުޢައުނު ޣަރަޤުވާން ފެށުމުން އީމާންވި ގޮތަށް: ހައިލަމް 

މި ސަރުކާރުން ވައުދުތައް ފުއްދަން އުޅެނީ ފިރުޢައުނު ޣަރަޤުވާން ފެށުމުން އީމާންވި ގޮތަށް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން އައްޑޫގައި އެންމެ ފުރަތަމަ ހުޅުވުނު ރިސޯޓުކަމަށްވާ ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރުމާއި ގުޅިގެންނެެވެ.

ޝަންގްރިއްލާގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނައިރު ބާކީ ހިއްސާ އޮންނަނީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ. މިދިޔަ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 70 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ އެ މަސައްކަތްތަކުގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭނެ ކަމަށެވެ. އަދި "މިފަހަރުގެ އައްޑޫގެ ރައްޔިތުންގެ ޗޮއިސްއަކީ ކެންޑިޑޭޓް ނަންބަރު ފަހެއް" ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް