Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޑުއްވަރީގެ ބިން ހިއްކައިދިނުމަށް މުޢިއްޒު ވަޢުދުވެވަޑައިގެންފި

މަޑުއްވަރީގެ ބިން ހިއްކައިދިނުމަށް މުޢިއްޒު ވަޢުދުވެވަޑައިގެންފި

ރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ، ރ.މަޑުއްވަރީގެ ބިން ހިއްކައި ގެދޮރުވެރިކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި މަޑުއްވަރިއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މަޑުއްވަރީގެ ފަޅު ވަރަށް ކުޑަކޮށް އޮތުމުން އެންމެ ބޮޑު ޖާގައެއް ނަގައިގެން ހިއްކެން އޮތް މިންވަރަށް ބިން ހިއްކައި ދެއްވާނެ ކަމަށެވެ.

އަދި އެކަން ކުރައްވާ އިރު، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފަދަ މިންގަނޑުތަކަށް ބައްލަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ބިން ހިއްކުމަށް ފަހު، އެމަނިކުފާނުގެ އަމާޒަކީ ގެދޮރުވެރިކަމުގެ ފަހި ފުރުސަތެއް ރަށުގެ ރައްޔިތުންނަށް ހޯދައި ދެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މި ރަށުގެ އުތުރު ފަރާތު ބަނދަރު ރަނގަޅު ފެންވަރަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ދުވާފަރުގައި ޖަލްސާއެއް ބާއްވަވާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް