Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މުއިއްޒުގެ ވައުދު: ރޯދަމަހު ފަހު ދިހައިގައި ސަރުކާރު ބަންދު

މުއިއްޒުގެ ވައުދު: ރޯދަމަހު ފަހު ދިހައިގައި ސަރުކާރު ބަންދު

ވެރިކަން ލިބިވަޑައިގެންފިނަމަ ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވައުދުވެ ވަޑައިގަތީ މިހާރު ރިޔާސީ ކެންޕެއިންނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު މިފަދައިން ވައުދުވެ ވަޑައިގެންފައިވާއިރު, ފަހު ދިހައިގައި ސަރުކާރު މުވައްޒިފުން ގޭގައި ތިބެ މަސައްކަތް ކުރަން ޖެހޭ ގޮތަށް ހައްދަވާނެ ކަމަށް, މުއިއްޒުގެ ވާދަވެރި ކެނޑިޑޭޓް, އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

Advertisement
Allied — Dhen Online (box)

ސަރުކާރުގެ އޮފީސްތަކުގެ މުވައްޒިފުންގެ އިތުރުން ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ގްރޭޑް އަށަކުން ދަށުގެ ދަރިވަރުންނަށް ވެސް ފަހު ދިހަ ބަންދު ވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ އެގޮތަށް ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ބަންދެއް ދޭން ނިންމީ, އެ ދުވަސްވަރު އަޅުކަމައިގެން އުޅެން ފުރުސަތު ދިނުމަށް ކަމަށެވެ.

ތަފްސީލް އަންނަނީ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް