ރާއްޖޭގައި އާ އިންޓަރނޭޝަނަލް އެއަރލައިނެއް ޤާއިމުކުރަނީ
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ދެމެދު އައު އިންޓަރނޭޝަނަލް އެއަރލައިނެއް ޤާއިއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމީއްޔާތުގައި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދުއެވެ. އެމްއެފްއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މަނިކުއެވެ.
މި ބައިނަލްއަޤްވާމީ އެއަރލައިންގެ އަމާޒަކީ އެކި މަންޒިލްތަކާއި ދިވެހިރާއްޖެ ގުޅުވާލަދީ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އައިލެންޑް އޭވިއޭޝަނާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.
މޯލްޑިވިއަން އާއި އާއި އެމްއެފްއެމްސީ ދެމެދު މިއަދު އިކޮނޮމިކް މިނިސްޓްރީގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ދަތުރުތަކަށް އެއާލައިނެއް އުފެއްދުމަށް މަސައްކަތް ފަށާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާ އެއާލައިނަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީއާއި ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ތަރައްޤީ ކުރެވޭ އެއާލައިނެކެވެ.
މިހާރު އޮތް ކުންފުނިން ވަމުންދަ ގެއްލުން ކުޑަކަމުން އަނެއްކާ އިތުރު ކުންފުންޏެއް މި ހަދައިދެނީ ކާކު ލާރިކޮޅެއް ބޭނުންވެގެންބާ.