Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލިއުޝާގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރާނެ: އެޗްއާރްސީއެމް

ލިއުޝާގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރާނެ: އެޗްއާރްސީއެމް

ޖޫން މަހުގެ 2 ވަނަ ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮއްވާ ފެނުނު ލިއުޝާ ޝާކިރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، މައްސަލައިގެ ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ އެ މައްސަލައަކީ އަމިއްލައަށް އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ. އަދި އެތަނަށް ގޮސް އެތަނުގައި ހުރި ކަންކަން ވެސް ބަލައިފައިވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން މިހަރު ރިޕޯޓު ތައްޔާރު ކުރަމުން ދާކަމަަށެވެ.

މިއާއެކު އެ މައްސަލައިގެ ތަހުގީގު ބަޔާން ނަގަން ޖެހޭ ފަރާތްތަކުން ބަޔާން ނެގުމާއި އޭގައި ހަދަން ޖެހޭ ފޮރެންސިކް އެނަލިސިސްގެ މަސައްކަތްތައް ކުރިއަށް ދާކަމަށް ވެސް އެޗްއާރްސީއެމުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ގަލޮޅު ގެއަކުން ކުނި ވަސް ދުވާތީ ބެލިއިރު ލިއުޝާގެ ހަށިގަނޑު ފެނިފައި ވަނީ މިމަހުގެ 2ވީ ބުދަ ދުވަހުގެ ރޭ މެންދަމު 2:33 ހާއިރުއެވެ. ލިއުޝާ މަރުވީ ފިޓް ޖެހިގެން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް