ޚަބަރު ސިޔާސީ

ފާރިސް އާއި ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަ: ޕީޕީއެމް  

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާރިސް މައުމޫނާއި ރައީސް ޔާމީން އަބްދުލްގައްޔޫމް ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަ ކަމަށާއި އެއީ ޕާޓީގެ މެމްބަރުން ބައިބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

Ads by STELCO

ފާރިސް، ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ މީސް މިޑީއާގައި ދަނީ ވީޑިއޯއެއް ދައުުރުކުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ މާފުށީ ޖަލުން ފާރިސް ނިކުމެވަޑައިގަންނަވާ މަންޒަރެވެ.

މިކަމާއި ގުޅިގެން ޕީޕީއެމުން ވިދާޅުވީ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ އެކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ރިޔާސީ ކެންޑިޑޭޓު, ޑރ. މުޙައްމަދު މުޢިއްޒަށް ރައީސ ޔާމީންގެ ތާއީދު އޮތްކަމަށާއި މުއިއްޒަށް ވޯޓު ދެއްވުމަށް އެދިފައިވާތީ އެ ކޯލިޝަންގެ މެންބަރުން ބައިބަރިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުވާ ދޮގު ހަބަރެއް ކަމަށެވެ.

އަދި އެ ހަބަރު ފެތުރުމުގެ އަޑީގައި ރައީސް ޞާލިހާއި އެމަނިކުފާނުގެ ބައިވެރިން ހިމެނޭ ކަމުގައި ދެކުމުގެ ފުރުސަތު އެވައޮތް ކަމަށާއި މިފަދަ ފިތުނައިގައި ރައްޔިތުން ނުޖެހުމަށާއި ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަށް އެދޭ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!