ޚަބަރު

ރައީސް ޞާލިޙަކީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށް ވިދާޅުވެ, އަލީ ވަހީދުގެ ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އަވައްޓެރި އިންޑިއާގެ ޗީފް މިނިސްޓަރެއް ކަަމަށް ވިދާޅުވެ, ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު, މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި ސަރުކާރުގެ ޚާރިޖީ ސިޔާތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ, އަލީ ވަހީދު ވާހަކަފުޅު ދައްކަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަލީ ވަހީދު ވިދާޅުވީ, ރާއްޖޭގެ ވެރިކަމުގައި މިވަގުތު އޮތް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގައި މިހާރު "މޯލްޑިވިއަން" ގެ ނަން ވެސް، "ޑިމޮކްރެޓިކް" ގެ ނަން ވެސް ނެތްކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑުމެން އެންމެފުރަތަމަ ޑިމޮކްރެސީއޭ ކިޔާފައި އުފެއްދީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ. އެޕާޓީގައި މިހާރު އެބައޮތްތޯ މޯލްޑިވިއަން، އެ ނަން. ޑިމޮކްރެޓިކް، އެ ނަން. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކަމަށް އަޅުގަނޑުމެންނަށް މިހާރު ފެންނާކަށް ނެތް. އެއީ މާރިޔާގެ ޑާންސް ޕާޓީ. ރައީސް ނަޝީދެއް ވެސް މިހާރު އެއަކު ނެތް." އަލީ ވަހީދު އިތުރަށް ވިދާޅުވީ އެ ޕާޓީގެ ވެރިކަމުގައި ރާއްޖޭގެ ވަލީއުލްއަމްރެއްގެ މަޤާމުގައި ހުންނެވީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށެވެ.

"އެޕާޓީގެ ވެރިކަމުގައި، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނެތް. މިގައުމުގައި މިހާރު މިހުރީ، އިންޑިއާގެ ޗީފް މިނިސްޓަރެއް. އެމީހުން ބުނާގޮތެއް މިހަދަނީ. ވަރަށް ދެރަވޭ މިވާހަކަ ދައްކަން ވެސް"

އަލީ ވަހީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފާއިތުވީ 15 އަހަރުގެ ތެރޭގައި އެއްބަޔަކު ވެރިކަން ކުރަމުން އަންނަ އައުންކަމަށެވެ. މިސާލު ޖައްސަވަމުން އަލީ ވަހީދު ވިދާޅުވީ, ންގްލަދޭޝްގެ ރައްޔިތުން "ޝެއިޙް ހަސީނާއާއި ޚާލިދާ ޒިއާ" ގެ ކިބައިން ސަލާމަތްނުވެގެން އުޅޭ ބީދައިން، ދިވެހިން އުޅެނީ އެމްޑީޕީއާއި ޕީޕީއެމްގެ ކިބައިން ސަލާމަތް ނުވެވިގެން ކަމަށެވެ.

Ads by HDC
  1. ޗީޕް

    ރއިބޫއަކީީ އިންޑިއަންޕަޕަޑަމްއެއްް