މ. ހައުސް ޕްލާޒާގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އިމާރާތް ކައިރީގައި ހުރި މ. ހައުސް ޕްލާޒާގައި ރޯކޮއްލިކަމުގެ ތުހުމަތުގައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ބެލުމުގެ ދަށަށް ގެންދެވުނީ 2 ފިރިހެނުންނެވެ އަދި އެ މައްސަލަ ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިނަމަވެސް އިމާރާތް ކައިރީ ޕާކުކޮށްފައި އޮތް ކާރަކަށް ވަނީ ގެއްލުން ލިބިފައެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މީހުން ދިރިނޫޅޭ ގުދަނެއްގެ ގޮތަށް ހަދާފައިހުރި އިމާރާތެއްގައި ހުރި ކުނިތަކެއްގައެވެ.
<img class="alignnone wp-image-196111 size-large" src="https://cdn.dhen.mv/wp-content/uploads/2023/09/5FE25E66-BF59-45ED-ADFB-709ECF58342D-1024x575.webp" alt="" width="1024" height="575" />
މި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މިއީ މ. ހައުސް ޕްލާޒާގައި އަލިފާން ރޯވި ފުރަތަމަ ފަހަރު ނޫންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ ގިނަ އަދަދެއްގެ މީހުން ވަންނަ ތަނެއްކަމަށްވެސް މަޢުލޫމާތުލިބެއެވެ.
މި އަލިފާނުގެ ހާދިސާގެ އިތުރުން ރޭ ފަތިހުވެސް ވަނީ ފިހާރައެއްގައި ރޯވެ ބޮޑު ގެއްލުންތަކެއްވެފައެވެ. މާލެގެ ރަތްވިލާ ގޯޅީގައި ހުންނަ "ވެގަ ޕޮއިންޓު" ނަމަކަށް ކިޔާ ފިހާރައިގައި ރޯވެ އަނދާހުލިވިއިރު، ފިހާރަ ކުރިމަތީ ޕާކުކޮށްފައި ހުރި 15 ސައިކަލުވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.






ކޮމެންޓް