Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިމަބިއްސަށް އަނެއްކާވެސް މީހަކު ފައްސި ވެއްޖެ

މީސްލްސް (ހިމަބިހި) އަށް މީހަކު ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ 5 ސެޕްޓެމްބަރު ގައި މީސަލްސްއަށް ޕޮޒިޓިވް ވޭދަނައެއް ފެނިފައިވާ ކަމަށެވެ.

އަދި މި ވޭދަނަ އިތުރަށް އިންވެސްޓިގޭޓްކޮށް، އޭނާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް ގެންދާ އިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement
Ooredoo — Square (box)

އެޗްޕީއޭއިން ވިދާޅުވީ ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަވުމުން ބަލި ޖެހުމުގެ ރިސްކު 97% އަށް ކުޑަކޮށްދޭ ކަމަށާއި ނަމަވެސް ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް