އިންޑިއާ ސިފައިން ރާއްޖޭގައި އުޅެނިކޮށް ލޮލުން ދެކުނިން: އަދުރޭ
ރާއްޖޭގައި އިންޑިއާގެ ސިފައިން އުޅެނިކޮށް ލޮލުން ފެނިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ, މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި އުޅޭ ކަމަށް ވިދާޅުވާއިރު, އެމީހުން ފެނުނުތީ ނޫސްވެރިޔަކު ސުވާލު ކުރުުމުންނެވެ.
"އުތުރުތިލަފަޅުގައި, ހަނިމާދޫގައި ތިބީ ސިފައިން, އަޅުގަނޑުމެން ލޮލުން ދެކެފައި މިބުނަނީ. ހަނިމާދޫގައި ތިބި ސިފައިން އަޅުގަނޑުމެން ލޮލުން ދުށިން. ހައްދުންމަތީ ކައްދޫއާއި ގަމުގައި އުޅޭ ސިފައިން އަޅުގަނޑުމެން ދުށިން. ނުފެނިއެއް ނޫން މިދައްކަނީ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ, އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަބްދުالله ވެސް ވިދާޅުވެފައިވާ ކަމަށެވެ.
"އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ރާއްޖޭ ދިފާއީ ވަޒީރު އޮންނާނީ އެއްބެސްވެފައި. ފުރަތަމަ ވިދާޅުވީ ނެތޭ, ދެން ވިދާޅުވީ, ޓްރެއިން އަކަށޭ, ތިންވަނަ ފަހަރަށް ވިދާޅުވީ ހަތިޔާރާއެކު ސިފައިންނޭ" މި ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަން ދޮގު ނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކެންޕޭނުގައި ހަނިމާދުއަށް ދިޔައިރު, ހަނިމާދޫގައި އެބަތިބި."
އަދުރޭ މިހެން ވިދާޅުވެފައިވާއިރު, އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ވިދާޅުވެފައިވަނީ, އިންޑިއާ ސިފައިން ރާއްޖޭގައި މިލިޓަރީ ބޭނުމަކަށް ނުތިބޭ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ, އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރުތަަކުގައި އުފުލާ ތަކެތި ޗެކް ނުކުރާ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދުރޭއަކީވައްކަންކޮށްދޮގުހަދާމުނާފިގެއްއެފަދަޖާހިލުމީހުންފައްކާވާހަކަޤަބޫލުކުރާކަށްނުވާނރ
ވައްކަމާއިދޮގުބޭނުންކުރާމީހަކުދައްކާވާހަކަޤަބޫލުކުރާކަށްނުވާނެއެވާނީމުނާފިޤަކަށް