Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޕީއެންސީގެ ވެރިކަމެއްގައި ހިލާލީގެ ވާނީ ގޭންގުތަކުގެ ކޮމާންޑު ސެންޓަރަކަށް: ޢިމްރާން

ޕީއެންސީގެ ވެރިކަމެއްގައި ހިލާލީގެ ވާނީ ގޭންގުތަކުގެ ކޮމާންޑު ސެންޓަރަކަށް: ޢިމްރާން
އަދުގެ ސަރުކާރާ އެންމެ އިދިކޮޅު ކޯލިޝަން ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެރިކަމަށް އައިސްފިނަމަ، ނާއިބު ރައީސް ދިރިއުއްވާ ހިލާލީގެ ވާނީ ގޭންގުތަކުގެ ކޮމާންޑް ސެންޓަރަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކޯލިޝަން ޕާޓީތަކާއި ގުޅިގެން ރޭ އައްޑޫ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޢިމްރާން ވިދާޅުވީ އިދިކޮޅުގެ ވެރިކަމެއްގައި ޕޮލިސް ކޮމިޝަނަރާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް އައްޔަނު ކުރާނީ ގޭންގު ލީޑަރެއްކަމަށެވެ. އިމްރާން ވަނީ ޑރ. މުއިއްޒުގެ ކެންޕެއިނަށް ގޭންގުތަކުން ފަންޑު ކުރާކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަވާފައެވެ. ޢިމްރާން ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް ރަނިންމޭޓުކަމަށް ކަނޑައެޅީ މަޖުބޫރުވެގެންކަމަށާއި، އެކަމުގެ ސަބަބު ސަލާމަތީ ޚިދުމަތްތަކުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

"މިއަދުގެ ހާލަތަކީ، ކެމްޕޭނުގެ ފަންޑު ސީދާ ނުކުމެ ގޭންގުތަކުން ނުކުމެ ކުރާ ހިސާބަށް އެދަނީ"

"ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވައިފި ނަމަ، ނާއިބު ރައީސް އުޅުއްވާ ހިލާލީގެ ވާނީ ގޭންގުތައް އޮޕަރޭޓުކުރާ ކޮމާންޑް ސެންޓަރަކަށް" އިމްރާން ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއްކަމަށާއި، އެ ވާހަކަތައް ދެއްކުމުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާ ނުރައްކަލަށް ހުށަހެޅޭނެކަން އިނގިވަޑައިގަންނަވާކަމަށެވެ. މީގެ ކުރިންވެސް ޑރ. މުއިއްޒުއާއި ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ނިސްބަތްކުރައްވާ އެމްޑީޕީ ކޯލިޝަންގެ އެކި ވެރިން ވަނީ ތުހުމަތުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް