Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުޢިއްޒު މިރޭ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

މުޢިއްޒު މިރޭ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މިރޭ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، މުޢިއްޒު މިރޭ ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާތީ މިބައްދަލުވުމަށް އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

މި އެއްވުން އޮތީ މިރޭ 20:15 ގައި ހުޅުމާލެ ފޭސް 1 (ފްލެޓް 146 ފުރަގަހުގައި ނެއިބަރހުޑުގަ) ގައެވެ.

Advertisement
Ooredoo — Truecaller (box)

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޢިއްޒު ވަނީ ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ޕީޕީއެމް-‏ޕީއެންސީ އާއިއެކުގައި އެމްއެންޕީން ކޯލިޝަން ހަދައިފައިވާއިރު، މިރޭ ޖުމްހޫރީ ޕާޓީ އާއި ސަންއައިލެންޑުގައި މަޝްވަރާ ކުރާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް