ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުތީ އިންތިޚާބުގެ ދެވަނަ ބުރެއް އޮންނާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ގަލޮޅު ގެތަކަށް އިއްޔެ ޒިޔާރަތް ކުރެއްވުމަށްފަހު ފޭސްބުކްގައި ޕޯސްޓެއް ކުރައްވަމުން ފަޒްނާ ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވީގޮތާމެދު ހިތާމަފުޅު ވިޔަށް އެއްވެސް މީހަކު އުންމީދު ކަނޑާނުލާ ކަމަށާއި ރަށްތަކަށާއި ރާއްޖޭން ބޭރައް ގުޅައިގެން ރީރެޖިސްޓަރ ކުރަން ތައްޔާރުވަމުން އަންނަ ކަމުގައެވެ.
"ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑައެއް ނުލައެވެ. ރާއްޖޭގެ ރަށްތަކަށާއި ރާއްޖޭން ބޭރަށް ގުޅައިގެން ރީރެޖިސްޓަރ ކުރަން ތައްޔާރުވަނީއެވެ. ފަތުރަމުންދާ ހީލަތްތެރި ދޮގުވާހަކަތަކުގެ ޙަޤީޤަތްވެސް މީހުންނަށް އޮޅުންފިލުވައި ދެނިއްޔެވެ" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ ވޯޓު ލާން ނުދާ މީހުންނާއި ދިމާވި ކަމަށާއި ދެވަނަ ބުރެއް އޮންނާނެތީ ނުދިޔައީ ކަމަށް ބުނި މީހުން ތިބިކަމަށެވެ. އަދި "އޮފަރ" އެއް ލިބުމުން އައިޑީ ދުކޮށްލާފަ ގޭގައި މީހަކު ހުރި މީހަކާވެސް ދިމާވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ގެއެއްގައި ކުއްޔައް އުޅޭބަޔަކާ ވެސް ބައްދަލުކުރެއްވި ކަމަށާއި އެފަރާތްތަކުގެ ވަރަށް ބައިވަރު ޝަކުވާތަކެއް ހުރި ކަމަށެެވެ. އެމީހުންނާއި ވާހަކަދެއްކެވުމަށްފަހު ނުކުންނަވަމުން ވޯޓެއް ދޭން ވިދާޅުވަން ކެރިވަޑައިނުގަންނަވާނެކަމަށް އެމީހުން ގާތު ދެންނެވި ކަމަށާއި ނަމަވެސް އެމީހުން ހިނިތުންވެލާފައި "ދުވަހަކުވެސް އަދި އެއްވެސް މީހަކު/ޕާޓީއަކުންވެސް އަޅުގަނޑުމެންގެ އަޑުއަހައެއް ނުލާ" ކަމަށް އެމީހުން ބުނި ކަމަށް ފަޒްނާ ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ކެމްޕޭނުގައި އުޅުއްވުމަށްފަހު ގެއަށް ވަޑައިގެން ފޯނު ބެއްލެވިއިރު ލިބުނު މެސެޖް އަކުން އުފާވެރިކަން އިތުރުވިކަމަށް ފާހަގަކުރައްވަމުން ފަޒްނާ ވިދާޅުވީ އުފާވެވަޑައިގަތީ މެސެޖް ފޮނުވިމީހަކީ ޕީޕީއެމް މީހަކަށް ވެގެން ނޫންކަމަށާއި އެމީހަކު މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބަކީ ނަފްސާނީ ޞިއްޙަތާއި އަދި އިޖްތިމާޢީ ސިޔާސަތުތަކުގެ ބޭނުމަށް ކަމަށްވާތީއެވެ.
ފޭސްބުކްގައި ފަޒްނާ ލިޔުއްވި ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ މިއަދު އެކަނި 5 ވޯޓު ލިބިވަޑައިގެންފި ކަމަށާއި އެހެންކަމުން މާތްﷲ އަށް ޙަމްދުކުރައްވާ ކަމަށެވެ. އަދި މީހުންނާއި ޒުވާނުކުރުމުގައި ވަގުތުބޭކާރު ނުކޮށް ހުރހާ އެންމެންވެސް ވޯޓު ހޯދަން މަސައްކަތްކޮށްފިނަމަ މާތްﷲ ގެ އިރާދަފުޅާއިއެކު މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވާނެކަމަށެވެ.
އިބޫ: ފަޒޫއަށް އނގޭތަ އޭގެތެރެއިންވެސް ގިނައީ ކޮންބައެއްކަން؟ މުއިއްޒަށް ވޯޓު ދޭނެ މީހުން.
ފަޒޫ: އޮހްހް…