މުޢިއްޒު މިއަދު ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
 
                                                    ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، މުޢިއްޒު މިއަދު ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާތީ މިބައްދަލުވުމަށް އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.
މި އެއްވުން އޮތީ މިއަދު ހަވީރު 3:45 ގައި ހުޅުމާލެ ފޭސް 2 (ނަންބަރު 1 ބަސް ސްޓޮޕް) ގައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޢިއްޒު ވަނީ ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މުޢިއްޒު މިވަގުތު ދަނީ ރިޔަސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހަރަކާތްތެރިވަމުންނވެެ.
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
