Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައްޔިތުން މިކަން ނިންމައިފި، ނުފޫޒު ފޯރުވުން ހުއްޓައިލާ: ޝިޔާމް

ރައްޔިތުން މިކަން ނިންމައިފި، ނުފޫޒު ފޯރުވުން ހުއްޓައިލާ: ޝިޔާމް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުން އަންނަ ހުރިހައި ކަމެއް ހުއްޓައިލުމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ގޮވައިލައްވައިފިއެވެ.

ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައަކަވަމުން ޝިޔާމް ގޮވައިލެއްވީ ފެނަކަ އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށެވެ.
"ރައްޔިތުން މިކަން ނިންމައިފި. ނޮވެމްބަރު 17 ވަނަ ދުވަހު، ﷲ އިރާދަފުޅުން، ދިވެހިރާއްޖޭގެ ރައްޔިތުން އެދޭ ވެރިކަމެއް ޑރ.މުއިއްޒު ފައްޓަވާނެ." ޝިޔާާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި އަދުލު އިންސާފު ޤާއިމު ކުރައްވާނެކަން ޔަޤީން ކުރައްވާ ކަމަށާއި، މި ސަރުކާރުން ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވަމުންދާ ދިޔުން އެމަނިކުފާނު ނިމުމަކަށް ގެންނަވާނެ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވައި، ހަމައެކަނި ނަމެއްގައި މިނިވަންކޮށް ހުރި ފަނޑިޔާރުންނާއި ބެހޭ މުއައްސަސާތައް ވެސް އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމަށެވެ. ޝިޔާމް ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުނުއިރު، މަޝްރޫޢުތައް ވެސް ހުރީ "ނިމެނީ ނިމެނީ" ނުވަތަ "އަންނަނީ އަންނަނީ"ގައި ކަމަށް ވިދާޅުވެފައެވެ.      

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް